ވިޔަފާރި

އަހަރު ފެށުން: އިންފްލޭޝަން 0.09 ޕަސެންޓު ދަށަށް

Mar 4, 2019

މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.09 ޕަސެންޓް ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބު ބަލަހައްޓާ ގައުމީ ޖަމިއްޔާ އެމްބީއެސް އިން ބުނި ގޮތުގައި ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.09 ޕަސެންޓް ދަށްވެފަ އެވެ. އަދި މަހުގެ އަގަށް އައި އަދަދު ނުލައި ބަލާނަމަ މި އަދަދު އުޅެނީ 0.08 ޕަސެންޓުގަ އެވެ.

މިދިޔަ މަހު އަގުތައް ދަށްވި މައިގަނޑު ބައިތަކާއި އަދަދު:

  • މަސް 1.88
  • ދަތުރުފަތުރު 14.19
  • ތެލާއި ލުބްރިކަންޓްގެ ބައި 14.51
  • ސައިކަލުގެ ބައިން 1.79
  • މޭވާގެ ބައިން 0.40
  • ބޭހުގެ ބައިން 0.31
  • އަންނައުނުގެ ބައިން 0.30

މިދިޔަ މަހު އަގުތައް މަތިވި މައިގަނޑު ބައިތަކާއި އަދަދު:

  • ގޭގެ ކުލި 0.40
  • ގޯތިގެދޮރުގެ ހަރުމުދާ 2.52
  • ތަރުކާރީގެ ބައި 2.16
  • އުޅަނދު މަރާމާތު ކުރުން 8.58
  • އޯޑިއޯ ރެކޯޑްކުރުމާ ބެހޭ އާލާތްތައް 3.53
  • ކިރު، ޗީޒް އަދި ބިސް 0.29
  • ގޯތި ގެދޮރުގެ މޯޓަރު 0.29
  • ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓް 0.18

އެމްބީއެސް އިން އެންމެ ފަހުން އިންފްލޭޝަން ނެރުނު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.26 ޕަސެންޓް ދަށްވެފަ އެވެ.