ވިޔަފާރި

އަގުހެޔޮ ރެޑްވޭވުން އެންމެ ބޮޑު ސޭލް ފަށައިފި

Mar 6, 2019

ރޯދަ އަށް ބޭނުންވަނީ ގޭގެ ފަރުނީޗަރު ބަދަލު ކުރަން ހެއްޔެވެ؟ ގޭގައި ކުލަ ލާން ހެއްޔެވެ؟ ނޫނީ ޓީވީ އާއި އައިސް އަލަމާރި ހޯދަން ހެއްޔެވެ؟ މި ހުރިހާ ބާވަތެއް ހަމަ ގައިމު ވެސް ރެޑްވޭވްގެ ފިހާރަތަކުން ލިބޭނެ އެވެ. ރެޑްވޭވްގެ ފިހާރަތަކުން މިވަނީ ރޯދަ މަހާ ދިމާކޮށް އަގުހެޔޮ ބޮޑު ސޭލެއް ފަށާފަ އެވެ.

"ސޭލް ކުރިއަށް މިދަނީ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި. އެހެންވެ މި ސޭލުން ލިބެން ހުންނާނެ ގެ އަށް ބޭނުންވާނެ ހުރިހާ އެއްޗެއް. މިއީ ވާނެ ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް އަށް،" ރެޑްވޭވް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ސޭލް 11 ފިހާރާގައި

ރެޑްވޭވްގެ މި ސޭލް އެ ކުންފުނިން ހިންގާ 11 ފިހާރާގައި ކުރިއަށް ދާނެ އެވެ. މި ފިހާރަތަކުގެ ތެރޭގައި އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ސާމާނު ހާއްސަކޮށް ރޯދަ މަހު ކެއިން ބުއިމުގައި ބޭނުންކުރާ ގިނަ ސާމާނު ވިއްކާ ފިހާރަތައް ހިމެނެ އެވެ. އަދި އެ ކުންފުނިން ދަނީ މާލޭގެ އިތުރުން ހުޅުމާލޭގައި ބޮޑު ދެ ފިހާރައެއް ހިންގަމުންނެވެ. އެއީ "ރެޑްވޭވް ހުޅުމާލެ ފިހާރަ" އާއި "ރެޑްވޭވް މެގަ މޯލް" އެވެ. މީގެ އިތުރުން މާލޭގައި ފަރުނީޗަރުގެ ގިނަ ބާވަތްތައް ހިމެނޭ ބޮޑު ފިހާރައެއް ވެސް ހިންގަ އެވެ.

"ސޭލްގެ އެންމެ ހާއްސަ ކަމަކީ އަގު ހެޔޮވުން. ސޯފާ ސެޓާއި ބެޑްރޯމް ސެޓުގެ އަގު ހުންނާނީ ވަަރަށް ހެޔޮކޮށް،" އޮފިޝަލް ވިދާޅުވި އެވެ.

ސޭލްގައި ހުރިހާ މުދަލަކުން 10-70 ޕަސެންޓާއި ދެމެދުގެ މިންވަރެއް ވަނީ ހެޔޮކޮށްފަ އެވެ.

އިނާމް: އެއްލައްކަ ރުފިޔާ!

"ރެޑްވޭވް ރޯދަ ސޭލް" ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ. މި ސޭލް ރޯދަ މަސް ނިމެންދެން ކުރިއަށްދާނެ އެވެ. މި ސޭލުން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދެ އެވެ. އަދި މި ކޫޕަނުން ގުރުއަތުން ދިމާވާ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ ނަގުދު ފައިސާ އިނާމުގެ ގޮތުގައި ދެ އެވެ. މީގެ އިތުރުން ވެސް އަގުބޮޑު ގިނަ އިނާމުތަކެއް ލިބެ އެވެ.