ހަބަރު

މެލޭޝިޔާގެ ސަފީރަކަށް ފަހުމީ ހަމަޖައްސަން ފާސްކޮށްފި

Jul 6, 2015

ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ، ސަފީރަަކަށް ސީއެސްސީގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަހުމީ މިހާރު ވެސް ހުންނަވަނީ މެލޭޝިޔާގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގަ އެވެ.

މިއަދު ބޭއްވި ޖަލްސާގައި ފަހުމީ އަށް ރުހުން ލިބުނީ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިންގެ 41 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދެއްވި އިރު ވޯޓުގައި ބައިވެރި ނުވެ އެއް މެމްބަރަކު އިންނެވި އެވެ.