ވެލާ ޕްރައިވެޓް އައިލެންޑް

އިންޑިއާ ކަނޑުގެ އެންމެ ފުރިހަމަ ވެޑިން ހޮޓަލަކަށް ވެލާ ޕްރައިވެޓް

Mar 7, 2019

އިންޑިއާ ކަނޑުގެ އެންމެ ފުރިހަމަ "ވެޑިން ހޮޓެލް" ގެ ގޮތުގައި ރާއްޖޭގެ ވެލާ ޕްރައިވެޓް އައިލެންޑް ހޮވައިފި އެވެ.

"މޯލްޑިވްސް އިންސައިޑާ" އިން ބުނި ގޮތުގައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި "ލަވް ޓްރެވަލް އެވޯޑް" ގައި އިންޑިއަން އޯޝަން ބައިގެ "ބެސްޓް ވެޑިން ހޮޓެލް" ގެ އެވޯޑް އެ ރިސޯޓަށް ލިބިފައި ވަނީ އެ ރިސޯޓުގެ ފަރުމާ ކުރުމާއި ހިދުމަތްތަކުގެ ފުރިހަމަ ކަމުގެ މައްޗަށް ބެލުމަށް ފަހު އެވެ.

ހުރިހާ ވިލާތަކެއްގައި ޕާސަނަލް ބަޓްލަރުގެ ހިދުމަތް ދޭ މި ރިސޯޓް ފަރުމާ ކޮށްފައި ވަނީ ދުނިޔޭގައި މިހާރު ލިބެން ހުރި އެންމެ އަގު ބޮޑު އަދި ލަގްޒަރީ އާލާތްތަކާއެކުގަ އެވެ. މި ރިސޯޓުގައި 47 ވިލާ ހައުސް ހުރެ އެވެ. މި ރިސޯޓަކީ ރާއްޖޭގެ އެހެން ރިސޯޓުތަކާ މުޅިން ތަފާތު ސިފަތަކެއް އެކުލެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ ރިސޯޓެވެ.

ވެލާ ޕްރައިވެޓް އައިލެންޑުގެ ހާއްސަ އެއް ތަނަކީ މި ރިސޯޓްގައި ހުންނަ ހާއްސަ ސްނޯ ކޮޓަރި އެވެ. މިނީ ސަބްމެރިންގެ ހިދުމަތް ވެސް މި ރިސޯޓުން ދެ އެވެ.