ހަބަރު

ގެއެއްގައި އަލިފާން ރޯވެ ބޮޑު ބައެއް އަނދައިފި

Jul 6, 2015

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑުބައެއް އަނދައި ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ރޯވީ މއ. މިލްކޯރާގެ ފުރަތަމަ ބުރީގަ އެވެ.

އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެ ގޭގައި އަލިފާން ރޯވެ އަނދަމުންދާތީ ފަޔާ އެންޑް ރެސްކިއު ޓީމް އެގޭގެ ކައިރިއަށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށްފަހު އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ޗާންދަނީ މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި އެ ގެއަކީ ބިދޭސީންތަކެއް ކުއްޔަށް ހިފައި ދިރިއުޅެން ބޭނުން ކުރާ ތަނެކެވެ.

މިރޭ ގާތްގަނޑަކަށް 8:00 ޖަހާއެހާކަންހާއިރު އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައި ވަނީ ދެ ލޯރި ބޭނުންކޮށް ފެން ޖަހައިގެން ކަމަށް އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުންޏެވެ.

ރޯވި ބައިގައި އުޅޭ ބައެއް ބިދޭސީންނާ ހަވާލާދީ ބައެއް މީހުން ބުނަނީ ރޯވ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ. އެތަނުގައި ބަންގުލަދޭޝްގެ 18 މީހަކު އުޅެ އެވެ. 

އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށްފަހު މިހާރު މަސައްކަތް ކުރަމުންދަނީ އެގޭގެ ތެރެއިން ދުން ބޭރު ކުރުމުގެ މަސައްކަތެވެ. އެ ސަރަހައްދު ބަންދުކޮށްފައިވާއިރު ދުންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. 

މިލްކޯރާ ގޭގައި ރޯވި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.