ވިޔަފާރި

އެޓްމޮސްފިއާ ވަރު އޮކްޓޫބަރު މަހު ހުޅުވަނީ

Mar 10, 2019
2

އެޓްމޮސްފިއާ ކުންފުނިން ކުންފުނިން ރާއްޖޭގައި ހަދާ ހަތަރު ވަނަ ރިސޯޓު "ވަރު ބައި އެޓްމޮސްފިއާ" އޮކްޓޫބަރު މަހު ހުޅުވާނެ ކަމަށް އިއުލާން ކޮށްފި އެވެ.

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓުން މިދިޔަ ހަފުތާގައި ނެރެފައިވާ ބަޔާނެއްގައި ބުނީ ދިވެހި ބަހުން ނަން ދީފައިވާ "ވަރު" ރިސޯޓް ވެގެންދާނީ އެ ކުންފުނީގެ ޕްރޮޕަޓީން ހުޅުވާ ފަސް ތަރީގެ ރިސޯޓަކަށް ކަމަށެވެ.

"ވަރު ބައި އެޓްމޮސްފިއާ" ގެ ނަމުގައި ބްރޭންޑްކޮށްގެން މާލެ އަތޮޅުގައި ހުޅުވާ މި ރިސޯޓުގައި ޖުމްލަ 108 ލަގްޒަރީ އެކޮމޮޑޭޝަން ހުންނާނެ އެވެ. މީގެ ތެރޭގައި 39 ބީޗް ފޮރޮންޓް ވިލާ އާއި 69 މޫދު ކޮޓަރި ހިމެނޭ ވިލާ ހިމެނެ އެވެ. އަދި މީގެ ކޮންމެ ތަނެއްގައި ވެސް ޕްރައިވެޓް ސުވިމިން ޕޫލެއް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޓްމޮސްފިއާ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓުގެ ވިލާތައް ފަރުމާކޮށްފައިވާނީ އައުޓްޑޯ ޑެކު ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ވިލާއަކާ ވެސް މާދުރު ނޫން ހިސާބެއްގައި ބީޗް އޮންނާނެ ކަމަށް ބުނެފައިވެ އެވެ. ދިވެހި ވަންވަކަން ނުގެއްލޭ ގޮތަށް ދިވެހި ވަންނަތަ ސިތަތައް މި ރިސޯޓުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޓްމޮސްފިއާއިން އެންމެ ފަހުން ހުޅުވާފައިވަނީ ކ. އަކިރިފުށީގައި ހެދި 137 އެނދުގެ ރިސޯޓެވެ. މިއާއެކު އެ ކުންފުނިން ދަނީ އޯ ބްލޫ ބައި އެޓްމޮސްފިއާ ހެލެނގެލި އާއި އެޓްމޮސްފިއާ ކަނިފުށި އަދި ކުރިން މާލެ އިން ގިނަ ބަޔަކު ދަތުރުދާ މާދޫ ފިނޮޅުގައި އޯޒެން ބައި މާދޫގެ ނަމުގައި ވެސް ރިސޯޓެއް ހިންގަމުންނެވެ.