ވިޔަފާރި

ޔުނިވާސަލްގެ ފާރުފުށި ރިސޯޓް ހުޅުވައިފި

Mar 10, 2019
1

ޔުނިވާސަލް އެންޓަޕްރައިސަސް އިން އެންމެ ފަހުން ތަރައްގީކުރި ފާރުފުށި ރިސޯޓް ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓް ތަކުގައިވާ ގޮތުން ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ މަތީ ފަންތީގެ ހިތްގައިމު ފާރުފުށި ރިސޯޓުގައި 80 ވިލާ ހުރެ އެވެ. ރިސޯޓު ހުޅުވުމާ ދިމާކޮށް 40 ޕަސެންޓް ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަންއެއް ވެސް ވަނީ ފަށާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 50 މިނެޓުން ސީޕްލޭންގައި ދެވޭ ރާސްތާގައި ހުޅުވި މި ރިސޯޓުގައި މޫދާއި ބީޗް ހިމެނޭ ގޮތަށް ވިލާތައް ހުންނާނެ އެވެ.

މި ރިސޯޓުގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓް އަދި ސުވިމިން ޕޫލާއެކު 39 އޯޝަން ރިޓްރިޓް ހުރެ އެވެ. މީގެ އިތުރުން ޕޫލާއެކު ތިން ސޯޝަން ސުއިޓްސް ވެސް ހުންނާނެ އެވެ. މި ތަނުގައި އެންމެ ފެންވަރު ރަނގަޅު ވިލާއަކީ އޯޝަން ސުވިމިން ޕޫލްއާއެކު ހަދާފައިވާ ރެސިޑެންސް ވިލާ އެވެ.