ހަބަރު

ހަރަދު ބޮޑުވުމުން އެލްޖީއޭގެ ބޯޑު މަހަކު އެއްފަަރު ބައްދަލުވާން ނިންމައިިފި

Jul 7, 2015

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެންބަރުންގެ ބައްދަލުވުންތަކުގެ ހަރަދު ބޮޑުވެ އޮބި ނޯވެގެން މަހަކު އެއް ބައްދަލުވުން ބާއްވާން ފާސްކޮށް އެގޮތަށް އަމަލު ކުރަން ފަށައިިފި އެވެ.

އެލްޖީއޭގެ ގަވައިދު ބުނާ ގޮތުން ބޯޑްގެ ދެ ބައްދަލުވުން ކޮންމެ މަހަކު ބާއްވަން ޖެހެ އެވެ. ނަމަވެސް "އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މަހަކު އެއް ބައްދަލުވުން ބާއްވާ ގޮތަށް ފާސްކޮށް އެގޮތަށް ހަމަޖެއްސީ ކޮންމެ ބައްދަލުވުމަކަށް ހިންގާ ހަރަދު ދޮޅުލައްކައިން މައްޗަށް އެރުުމުން ކޮންމެ މަހަކު ބޯޑުގެ ދެ ބައްދަލުވުން ބާއްވައިފިނަމަ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެތީ އެވެ.

އެލްޖީގެ އޮފިޝަލަކު ވިދާޅުވީ ބޯޑުގެ ބައްދަލުވުންތައް ކޮންމެ މަހަކު ދެ ފަހަރު ބާއްވާއިރު ބޯޑުގެ ގިނަ މެންބަރުންނަކީ ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެއިން ކޮންމެ ބޭފުޅަކު ކަނޑު މަގުންނާއި ވައިގެ މަގުން  ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާ ދެކޮޅަށް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެ ފައިސާ ހަމަ ޖައްސައިދޭއިރު މާލޭގައި ހުރުމުގެ ހަރަދާއެކު ހުރިހާ ހަރަދެއް ދޮޅުލައްކައާ ގާތް ކުރާ ކަމަށެވެ.

މި ބަަދަލު ގެނައިއިރު ދާދިފަހުން ވަނީ ބޯޑުގެ މެންބަރުންގެ މުސާރަ ވެސް ބޮޑުކޮށް މުސާރައިގެ ގޮތުގައި 8000ރ. ދޭން ފަށާފަ އެވެ. އެވެ. ކުރިން އޮންނަނީ ކޮންމެ ސިޓިންއެއްގައި މެންބަރަކަށް 500ރ. އެވެ.

އެލްޖީއޭ އެކުލެވިގެންވަނީ ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގައިބަޔާންކުރާ ނުވަ މެންބަރުންގެ މައްޗަށެވެ.