ހަބަރު

ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

އުމުރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އައި މީހާ ހަތަރު ދުވަސް ފަހުން ރޭ ފެނިއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ބާރަށަށް ނިސްބަތްވާ 75 އަހަރުގެ އަލީ މުހައްމަދު ފެނިފައި ވަނީ ހަރަމްފުޅު ތެރޭގައި ހުއްޓާ ކަމަށެވެ. އަދި ދިވެހިން ތިބޭ ހޮޓަލަށް އޭނާ ގެންދިޔައީ ސައުދީ ސިފައިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާގެ ހާލު ރަނގަޅެވެ.

"އެއްވެސް ސިއްހީ މައްސަލައެއް އޭނާގެ ނަން. އަޅުގަނޑުމެން ސައުދީގެ ފަރާތްތަކަށް އަންގާފައި އޮތުމުން ސިފައިން އޭނާ ސަލާމަތްތެރިކަމާ އެކު ހޮޓަލާ ހިސާބަށް ގެނެސްދިނީ،" އޮފިޝަލް ވިދާޅުވި އެވެ.

އަލީ މުހައްމަދު ގެއްލިފައި ވަނީ ހަރަމްފުޅަށް މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔުމަށް ފަހު އަންހެނުންނާ އެކު ހޮޓަލަށް އައި މަގުމަތީގަ އެވެ. އަދި ހައްޖު ކޯޕަރޭޝަނުން ދީފައިވާ ކާކުކަން އަންގައިދޭ ކާޑު އަޅައިގެން ދިޔުމަށް އެދިފައިވީ ނަމަވެސް، އަލީ މުހައްމަދު ހަރަމްފުޅަށް ދިޔައީ ކާޑު ނުލައި ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެ އެވެ.