ހަބަރު

ޓްރެކަށް ފަތަންދާ މީހުން ފެންވަރަން "ފެންމާ" ހުޅުވައިފި

Jul 7, 2015

މާލޭގެ ޓްރެކަށް ފަތަންދާ މީހުނަށް ހާއްސަކޮށް ފެންވަރާ ތަނެއް ސެޓެލްކޯ އިން ހަދައި އާންމުކޮށް ހުޅުވާލައިިފިއެވެ.

"ފެންމާ" ގެ ނަމުގައި ހުޅުވާލި ފެންވަރާ ތަން ހުޅުވީ މިއަދު ހެނދުނު އެވެ.

އެތަން ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯއިން ބުނީ ޓްރެކް ސަރަހައްދަށް މޫދަށް އެރޭ ފަރާތް ތަކަށް ފެންވެރޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމަކީ ވަރަށް ޒަމާންވެފައި އޮތް އަދި ވަރަށް ގިނަ ފަރާތެއްގެ އެދުމެއް ކަމަށާއި ސްޓެލްކޯއިން އެކަން ކުރީ އެކަމަށް ނިމުން ގެނައުމަށް ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުޅުވި ފެންމާގައި އެއް ފަހަރާ ހަ މީހަކަށް ރީތި ފެނުން ފެންވެރެ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ފެންމާ ހުޅުވައި ދެއްވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯއިން ހަދައިދިން ފެންމާ ފަދަ ތަންތަން ހަދާ ފެތުން ފަދަ ޒުވާނުންނަށް ހާއްސަ ކުޅިވަރުތައް ކުރި އަރުވައިދޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި  ގިނަ އަދަދެއްގެ ބަޔަކު ފަތާށާއި މޫދަށް އެރަންދާ އެ ސަރަަހައްދަކީ އެތަނާއި އެ ސަރަހައްދު ބޭނުން ކުރާ ފަރާތް ތަކަށް ރައްކާތެރި ތަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ސްޓެލްކޯ ގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއް ޝުކޫރު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ފެންވަރާތަން ބަލަހައްޓައި އެތަން ސާފުތާހިރު ކަންމަތީ ބެހެއްޓުމަކީ  ބޭނުން ކުރާ ފަރާތުގެ އަތް މަތީ އޮތް ކަމެއް ކަމަށާއި އަދި އެތަން އެގޮތުގައި ދަމަހައްޓާނެކަމަށް އުންމީދު ކުރާކަމަށް ޝުކޫރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަފާތު އެތައް ކަމެއް ކުރިއައް އޮތްތަނުގައި ސްޓެލްކޯއިން ކޮށްދޭނެ ކަމަށެވެ.