ހަބަރު

ވިހެއުމުގެ ހަމަހުގެ ޗުއްޓީ ސިފައިންނަށް ދޭން މަޝްވަރާކުރަނީ

ސިވިލް ސާވިސްގެ ގަަވައިދަށް ދާދިފަހުން ގެނައި އިސްލާހުގައިވާގޮތަށް ވިހެއުމާއި ގުޅިގެން އަންހެންމީހާއާއި ފިރިހެންމީހާއަށް ލިބޭ ޗުއްޓީ ސިފައިންނަށް ދިނުމާއިމެދު މަޝްވަރާކުރަން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސިފައިންފެ ކޮމާންޑާ އިން ޗީފްގެ އެދިވަޑައިގަތުމަށް ވިހެއުމާއި ގުޅިގެން ސިވިލް ސާވަންޓުންނަށް ލިބޭ ޗުއްޓީ ސިފައިންނަށް ދޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ފަށާފައިވާ ކަމަށެވެ.

އެ މަޝްވަރާތައް ކުރަމުންގެންދަނީ، އެންއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، އަންހެންސިފައިންގެ ކޮމިޓީއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިގެން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޓުވީޓް

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެ ކަމަށް އިއުލާން ކުރެއްވީ އަންހެނުން ދުވަހުގެ މުނާސަތުގައި ކުރިއަށް ގެންދިޔަ ހަފްލާގައި އެވެ.

ރައީސްގެ އެނިންމެވުމާއި އެއްގޮތަށް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކުންވެސް ވަނީ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ ހަމަސްދުވަހަށް އިތުރުކުރަން ނިންމާފައިކަން ފާހަގަކޮށްލެވެ އެވެ.