ދިރާގު

ދިރާގު ޕޭއިން ރީލޯޑް ކުރުމުން 20 ޕަސެންޓް އިތުރު ކްރެޑިޓް

Mar 13, 2019

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓް އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ޕޭ އެޕް ބޭނުން ކޮށްގެން ރީލޯޑް ކުރާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށް ވެސް 20 ޕަސެންޓް ކްރެޑިޓް އިތުރަށް ލިބެ އެވެ. މި ޕްރޮމޯޝަން ކުރިއަށް މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހަށެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝް ލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅޭ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.