ހަބަރު

މާރާމާރީ ހިންގި މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ފޮޓޯ އާންމު ކުރުމަށްފަހު ބުނެފައި ވަނީ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހީމް ސަމީން 26، އަކީ، 2015 އޭޕްރީލް ހަތަރު ވަނަ ދުވަހު މެންދުރު ފަހު މ. އަސަރީ ގޭގައި ހިންގި މާރާމާރީއެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ. 

އޭނާއާބެހޭ މައުލޫމާތު ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.