ހަބަރު

ގުދަނެއްގެ ތެރޭގައި މާރާމާރީ ހިނގައި، ދެ މީހަކު ޒަހަމްކޮށްލައިފި

Mar 13, 2019
1

މާލޭގެ ގުދަނެއްގެ ތެރޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މާރާމާރީ ހިނގާފައިވަނީ ގަލޮޅު ލޯލާ ކައިރީގައި ހުރި ގުދަނެއްގެ ތެރޭގަ އެވެ.

މާރާމާރީގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެއްސަކަށާއި 25 އަހަރުގެ ބަންގްލަދޭޝް މީހަކަށެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއްވެފައެއް ނުވެ އެވެ.

މެންދުރުފަހު ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މާރާމާރީއަކީ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށާއި އެ މައްސަލާގައި ދިވެހި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.