ހަބަރު

ޓެކްސީއެއްގެ ފުރޮޅު މީހެއްގެ ފަޔަށް އަރައި އިނގިލި ބުރިވެއްޖެ

Mar 13, 2019
1

ބޭންކް އޮފް ސިލޯން ހެޑް އޮފީސް ކައިރިން މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ފަޔަށް ޓެކްސީއެއްގެ ފުރޮޅު އަރައި ފައިގެ އެއް އިނގިލި ބުރިވެއްޖެ އެވެ.

މިއަދު ހަވީރު 3:40 އެހާކަންހާއިރު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، ޓެކްސީގެ ފުރޮޅު އެރުމުގެ ސަބަބުން 48 އަހަރުގެ އެ މީހާގެ ކަނާތު ފައިގެ ބޮޑު ވައި އިނގިލިން ބައެއް ވަކިވެފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ، ބީއޯސީ ކައިރިން އެ މީހާ މަގު ހުރަސް ކުރަން އުޅެނިކޮށް އެ ސަރަހައްދުގައި ޕާކް ކުރަން އުޅުނު ޓެކްސީއެއްގެ ފުރޮޅު އެމީހާގެ ފަޔަށް އަރައިގެން ކަމަށެވެ.

އެ މީހާޔަށް މިހާރު ދަނީ އޭޑީކޭގައި ފަރިވާދެމުން އެވެ. ފުލުހުން ބުނީ ޓެކްސީ ދުއްވަން އިނީ ޓެކްސީ ކުރުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.