ހަބަރު

އޭޕީސީސީގައި ބައިވެރިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލު ކުރައްވައިިފި

Jul 7, 2015

އޭޝިއަން ޕެސިފިކް ޗިލްރަންސް ކޮންވެންޝަން (އޭޕީސީސީ) ރާއްޖެއިން ފޮނުވަން ހަމަޖައްސާފައިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޖަޕާނުގައި ބާއްވާ އޭޕީސީސީ ރާއްޖެ ގެ ހަތް ދަރިވަރަކު ޖަޕާން ދެ އެވެ. އެއީ ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައ ދަރިވަރުންނާ ބައްދަލު ކޮށްލައްވާ މިނިސްޓަރު ވަނީ އެކުދިންނަށް ހިތްވަރު ދެއްވާފަ އެވެ.

މީގެ އިތުރުން ދަރިވަރުންނަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ޖަޕާނަކީ އަހުލާގީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަރާފައިވާ ގައުމެއް ކަމަށާއި ދިވެހި ދަރިވަރުން އެފަދަ ގައުމަކަށް ވާނީ އެދަރިވަރުންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ކަމަށެވެ. އަދި އެއީ ތަފާތު އެއްޗެހި އުނގެނުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށެވެ.

"މިކަމުގައި ގައި ބައިވެރިވާން ފުރުސަތު ލިބުނީ ހަމަ ގައިމުވެސް ވަރަށް ނަސީބުގަދަ ކުދިން ކޮޅަކަށް،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުކޮށްލެއްވުމުގައި ދަރިވަރުންގެ ބެލެނިވެރިން ވެސް ބައިވެރިވި އެވެ.