ހަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ގެނައި ދިވެއްސަކު ހައްޔަރުކޮށްފި 

Jul 7, 2015

ހަށިގަނޑުގައި ފޮރުވައިގެން ދިވެއްސަކު އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ހެނދުނު ބެންކޮކް އެއާވޭސްއިން އައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ އަތުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ 123 ބްލެޓް ހެރޮއިން ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 1.3 ކިލޯ ގްރާމް ހުރި ކަމަށާއި އެ ތަކެތި އަތުލައިގަނެވުނީ އެވަގުތު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ތިއްބެވި ކަސްޓަމްސްގެ އޮފިސަރުންނަށް އޭނާގެ ހަރަކާތްތަކާމެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ އަތުން އަތުލި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށް މިހާރު ވަނީ މައްސަލަ ބަލަން ފަށާފަ އެވެ.