ހަބަރު

ނައިބު ރައީސްގެ ކޮއްކޮ މަގާމުން ވަކިކޮށްފި

Jul 7, 2015

އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި ނައިބު ރައީސްގެ ކޮއްކޯފުޅު އަބްދުﷲ ޖަމީލް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ. 

މިއަދު އޭނާ ކޯޑިނޭޓަރު ކަމުން ވަކި ކުރި ސަބަބެއް ރައީސް އޮފީހުން ހާމަ ނުކުރި ނަމަވެސް އޭނާ ވަކިކޮށްފައި ވަނީ ސަރުކާރަށާއި ސަރުކާރުގެ ބައެއް ވެރިންނަށް ފާޑު ކިޔައި ސޯޝަލް މީޑީއާގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އޭނާ މިއަދު ވަކި ކުރި އިރު އޭނާގެ ބޭބޭފުޅު، ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް މައްސަލަ ވަނީ މަޖިލީހަށް ވައްދާފަ އެވެ.