ހަބަރު

ތަކަންދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

Jul 7, 2015

ހއ. ތަކަންދޫގައި ގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. 

ފުލުހުން ބުނީ އެރަށުގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލާފައިވަނީ އިރާކޮޅުގެ ވަގުތު ކަމަށެވެ.

އެ ރަށުގައ ޒަހަމްކޮށްލަފައި ވަނީ އުމުރުން 42 އަހަރުގެ މީހަށެވެ. އެ ހަމަލާގައި އޭނާގެ މޫނު މައްޗާއި ކަންފަތާ ދިމާއިން ބައެއް ޒަހަމްވެފައިވާ ކަމަށެވެ. 

މިރޭ ހިނގި މާރާމާރީގައި 42 އަހަރު މީހާއަށް ހަމަލާދީފައި ވަނީ މީގެ ކުރިން ވެސް ކުށްކޮށްފައިވާ އުމުރުން 50 އިން މަތީ މީހެއް ކަމަށް ވެއެވެ.

ފުލުހުން ގެންދަނީ އެ ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ.