މާމުނަގާ

އިންޓަކޮންޓިނެންޓަލްގެ މާމުނަގާ ރިސޯޓަށް 200 އަށްވުރެ ގިނަ މީހުން ހޯދަނީ

އިންޓަކޮންޓިނެންޓަލް ގްރޫޕުން ހުޅުވާ މާމުނަގާ ރިސޯޓަށް ބޭނުންވާ 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން މާލޭގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯޓުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަލީ ސަލީމް އަވަސްއަށް ވިދާޅުވީ ރިސޯޓު ހުޅުވެންވާއިރަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެހެންވެ ދިވެހިން ހޯދުމަށް މި މަހުގެ 21 ވަނަ ދުވަހު މާގިރި ހޮޓެލްގައި ހާއްސަ އޯޕަންޑޭއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން. ސީނިއަ މެނޭޖުމަންޓަށް ބެލި ނަމަވެސް މިހާރު ބައެއް ޕޯސްޓް ތަކުގައި ދިވެހިން އެބަތިބި. މާކެޓިންގައި ވެސް ހުރީ ދިވެއްސެއް. އެހެންވެ، ދިވެހިން ވީހާ ވެސް ގިނަ އިން ހޯދުމަށް ބޭނުން ވަނީ،" އަލީ ވިދާޅުވި އެވެ.

އިންޓަކޮންޓިނެންޓަލް ބްރޭންޑުން މެނޭޖުކޮށް ބަހަލައްޓާ ރ. މާމުނާގައުގަ ޕްރީ އޯޕަނިން އޮތީ ސެޕްޓެމްބަރު މަހު އެވެ. އަށްޑިހަ ތިން ކޮޓަރީގެ މި ރިސޯޓު ހުޅުވުމުގެ ގޮތުން މުވައްޒަފުން ހޯދުމަށް ބާއްވާ އޯޕަންޑޭ އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު މާގިރި ހޮޓެލްގަ އެވެ. އޯޕަންޑޭގެ އިންޓަވިއުތައް ކުރިއަށްދާނީ އެ ދުވަހު ހެނދުނު 9:00 އަކުން ހަވީރު 6:00 އަށް އިންޓަވިއު ކުރިއަށްދާނެ އެވެ.

މާމުނަގާއުއަކީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް (އެޗްޕީއެލް) ގެ ރިސޯޓެވެ. އެ ކުންފުނިން ރާއްޖޭގައި ފޯ ސީޒަން ކުޑަ ހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލިލަންކަން ފުށީގެ އިތުރުން ލަންކަން ފިނޮޅު އާއި ސިކްސް އެންސަސް ލާމު އަދި ހޮލިޑޭ އިން ކަނޑޫމާ ހިމެނެ އެވެ.