ހަބަރު

ކުނި ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައަފި

ދެ މީހުންނާއެކު ކުނި ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

ކ. އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި "ރޯދި" ދޯނި މިއަދު ފަރަށް އެރީ ކ. ކަގި ކައިރި އޮންނަ ފަރަކަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު އެވެ. އެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން އެ ހިިސާބުގައި ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ.

ފަންސާސް ދެ ފޫޓުގެ އެ ދޯނީގައި ތިބި ދެ މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވެ އެވެ.