ބޮލީވުޑް

"ކަލަންކް"ގެ ފުރަތަމަ ލަަވައިން މަދޫރީ އާއި އާލިއާ

ކަަރަން ޖޯހަރު މިއަހަަރު ގެނެސްދޭ އެންމެ ބޮޑު ފިލްމު "ކަލަންކް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

ފިލްމުގެ ފުރަތަމަ ލަވަ "ގަރް މޯ ޕަރްދޭސިޔާ" ކިޔާފައި ވަނީ ޝްރެޔާ ގޯސަލް އާއި ވައިޝަލީ ހާޑޭގެ އެވެ. އަމީތާބު ބަޓަޗާރިޔާ ލިޔެފަިއވާ އެ ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށްފައި ވަނީ ބޮލީވުޑްގެ ގިނަ ހިޓް ލަވަތައް ކޮމްޕޯސް ކޮށް މަގުބޫލުކަަން ހޯދާފައިވާ މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އެވެ. ލަވަ ކޮރިއޯގްރާޕް ކޮށްދީފައިވަނީ ރެމޯ ޑިސޫޒާ އެވެ.

މަދޫރީ އާއި އާލިއާގެ ކްލާސިކަލް ޑާންސެއް ފެންނަ އެ ލަވައިގައި ފިލްމުގެ ލީޑް ރޯލުން ފެންނަ ތަރިންގެ ހުށަހެޅުންތައް ފެނެ އެވެ. އަދި މި ލަވައިގައި މަދޫރީ އާ އެއްވަރަށް އާލިއާގެ ފަރި ހަރަކާތްތައްވެސް ފެނެ އެވެ. ލަވައިގެ ހާއްސަ ކަމަކަށް ގިނަ ބަޔަކު ފާހަގަ ކުރީ މަދޫރީގެ ޒުވާން ދުވަަސްވަރު ފިލްމުތަކުން ފެންނަ ނެށުން މިއަދުވެސް ހަމަ އެ ފުރިހަމަ ކަމުގައި ފެންނަ ކަމަށެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާއަށް ގެންނަ ފުރަތަމަ ޕީރިއަޑް ފިލްމު "ކަލަންކް"އަކީ 1940 ގެ އަހަރުތަކުގައި ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. އެ ފިލްމަކީ ކަރަންގެ ޔަޝް ޖޯހަރު ސްކްރީނަށް ގެންނަން އުޅުނު ފިލްމެކެވެ. 2004 ވަނަ އަހަރު ކަރަންގެ ބައްޕަ މަރުވެފައިވާތީ އެފިލްމު ނެރެނީ ކަރަންގެ ބެލުމުގެ ދަށުންނެވެ.

މި ފިލްމުގައި އާލިއާ އާއި މަދޫރީ، އަދި ސޮނާކްޝީ އާއި އަދިތްޔާ އަދި ސަންޖޭ ދަތުވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ ސަންޖޭ އާއި މަދޫރީ 20 އަހަރަށް ފަހު އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.