ވިޔަފާރި

ދިރާގުން ސީއޮކްމާ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

Mar 20, 2019

ދިރާގުން، އިންޑިއަން އޯޝަން ކޭބަލް މެއިންޓަނަންސް އެގްރީމެންޓް މެނޭޖްމަންޓް ކޮމެޓީ މީޓިން (ސީއޮކްމާ) ގެ ބައްދަލުވުން ރާއްޖޭގައި މިއަދު ބައްވައިފި އެވެ.

ސީއޮކްމާއަކީ ސަބްމެރިން ކޭބަލް އާއި ކޭބަލް ޝިޕްސް އޮޕަރޭޓްކުރާ އަދި މި ނިޒާމު ބަލަހައްޓާ މައި ޖަމިއްޔާ އެވެ. ސަބްމެރިން ކޭބަލްއަކީ އިންޓަނެޓާއި މުއާސަލާތީ ހިދުމަތް ދިނުމަށްޓަކައި ކަނޑުގެ އަޑިން ގިނަ ގައުމުތައް ގުޅާލައި އަޅާފައިވާ ހާއްސަ ނެޓްވޯކް އެކެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ ސީއީއޭއައިއޯސީއެމްއޭގެ ކޮމިޓީ ބައްދަލުވުމުގައި ދިރާގުގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގަތީ ސީއީއޯ އިސްލާއިލް ރަޝީދު އާއި ޗެއާމަން އިސްމާއިލް ވަހީދު އެވެ.

ދިރާގުން ވަނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް އަޅާ ކުންފުންޏާ ގުޅިގެން މުޅި ރާއްޖޭގެ މުއާސަލާތީ ހިދުމަތް ގުޅާލާފަ އެވެ. މިއަދު ރާއްޖޭގައި ބޭއްވި ސިއޮކްމާއަކީ ސަބްމެރިން ކޭބަލްއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް 24 ގަޑިއިރު ފާރަވެރިވާ ބައެކެވެ. މި މަސައްކަތް ކުރުމަށްޓަކައި 24 ގަޑިއިރު ސްޓޭންޑްބައިގައި ފިލިޕީންސް އާއި އިންޑިއާ އަދި ސިންގަޕޫރުގައި ހާއްސަ އުޅަންދެއް ބާއްވާފައި އޮވެ އެވެ.

ދިރާގުން ރާއްޖެ ސަބްމެރިން ކޭބަލް އަކުން ގުޅާލާފައިވަނީ 2006 ވަނަ އަހަރު އެވެ. މި ހިދުމަތް ގުޅާލުމާއެކު ރާއްޖޭގެ މުއާސަލާތީ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ވެގެންދިޔަ އެވެ.