ވިޔަފާރި

ރަށު ޓޫރިޒަމް މާކެޓިން ޕްރޮގްރާމް ފަށައިފި

Mar 20, 2019

ރާއްޖޭގެ ގެސްޓްހައުސް ތަކަށް މާކެޓް ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސިލްސިލާކޮށް ތަމްރީން ތަކެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދިވެހި ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ އއ. އުކުޅަހުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، ގެސްޓްހައުސް މާކެޓިން ސެމިނާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މާޗް އިން 20 މެއިގެ ނިޔަލަށް އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު މުޅިރާއްޖޭގައި 521 ގެސްޓްހައުސް ހިންގަމުންދެ އެވެ.