ވިޔަފާރި

ފިޗުން ރޭޓިން ދިން ފުރަތަމަ ދިވެހި ކުންފުންޏަކަށް އެޗްޑީސީ

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗުން ކްރެޑިން ރޭޓިން ދިން ފުރަތަމަ ދިވެހި ކުންފުންޏަކަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ސަރުކާރު ހިއްސާވާ ކުންފުނި އެޗްޑީސީ ރޭޓު ކުރިކަން އެ ކުންފުނިން ވަނީ ޔަގީންކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި ރޭޓިންއަށްފަހު އެ ކުންފުންޏަށް ދީފައިވަނީ "ބީ ޕްލަސް" ރޭޓިން އެވެ. ނަމަވެސް އެޗްޑީސީގެ ރޭޓިންއާ މެދު އެ ކުންފުނިން އަދި އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފިޗުން ދިން ރޭޓިންގެ އިތުރުން މައުލޫމާތު އެ ކުންފުނިން ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.

"ބީޕްލަސް" ރޭޓިން އިން ހާމަކޮށްދެއްވީ އެފަރާތެއްގައި ލޯނު ނެގުމާއި ދަރަނި ދެއްކުމުގައި ގާބިލްކަން ހުރި ކަމެވެ.

ފިޗުން އެޗްޑީސީ ރޭޓް ކުރިއިރު، އެ ކުންފުންޏަށް މާލީ ގޮތުން މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ދާދިފަހުން ވަނީ ބުނެފަ އެވެ. ކޭޝްފްލޯ ދަށްވުމުގެ ސަބަބުން މުވައްޒަފުންގެ އިތުރު ވަގުތު މަދުކޮށް މަސައްކަތް ކުރާ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ރާއްޖެ މީގެ ކުރިން ވަނީ ފިޗާއި މޫޑީސްއިން ރޭޓްކޮށްފަ އެވެ. އަދި އެންމެ ފަހުން ފިޗުން އިން މި ރޭޓިންގައި ވެސް ރާއްޖެއަށް ދީފައިވަނީ "ބީ ޕްލަސް" އެވެ. ރާއްޖެއަށް "ބީޕްލަސް" ދީ އެ ކުންފުނިން މި ރޭޓިން ރާއްޖެއަށް ދިނީ އިގްތިސާދުގެ ދުވެލި ރަނގަޅުވުމާއި ޓޫރިޒަމް ދާއިރާ ރަނގަޅުވެ ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމެވެ.