ހަބަރު

ވަގަށް ނެގި ތިޖޫރި ފައިސާތަކާ އެކު ހޯދައިފި

Mar 23, 2019
1

ރ. އުނގޫފާރުފާރުގައި 550،000 ރުފިޔާއާ އެކު ވަގަށް ނެގި ތިޖޫރި އެ ފައިސާތަކާ އެކު ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތިޖޫރި ފެނިފައި ވަނީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ ފަޅު ގޯއްޗެއް ބަލައި ފާސްކުރި އިރު، އެ ގޭގެ ތެރޭގައި ތިޖޫރި އެއްލައިލާފައި އޮއްވާ ކަމަށެވެ. އަދި އެ ތިޖޫރި ހުޅުވަން ވަގަށް ނެގި ނެގި މީހުން މަސައްކަތް ކޮށްފައި ހުރި ކަމަށާއި ނަމަވެސް ތިޖޫރި ހުޅުވިފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ކަމުން ތިޖޫރީގައި ހުރި ފައިސާ އެ ހުރި ގޮތަށް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތިޖޫރި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް އިއްޔެ ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެ ތިޖޫރިއަކީ އުނގޫފާރުގެ "ވެސްޓްބީޗް ރެސްޓޯރަންޓް" ހިންގާ ވިޔަފާރިވެރިޔާގެ ގޭގައި ހުރި ތިޖޫރިއެކެވެ. އެ ވައްކަން ކުރީ މީހުން ހުކުރަށް ގޮސް ތިބި ވަގުތު އެވެ.