ހަބަރު

އަތޮޅުތަކުގައި މެންޓަލް ހެލްތުކެއާ ކޮންސަލްޓެންޓުން ބައިތިއްބަނީ

ހުރިހާ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ސެންޓާ ފޯ މެންޓަލް ހެލްތު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކަން ނަންނޯޓް ކުރާ މީހުންގެ ވެއިޓް ލިސްޓް އެހާ ދިގު ކަމަށާއި ބޭނުންވާ ބޭސް ލިބުމުގެ ދަތިކަންވެސް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަކީވެސް ފަސޭހަ ކަމެއް ނޫން ކަަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ ރައްޔިތުން އުފާ ކުރަން ޖެހޭ ދުވަހެއް ކަމަށާއި އެ ސެންޓަރުގެ ބޭނުމަކީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެ ސެންޓަރުން އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓް ހިދުމަތާއި، އައުޓް ރީޗް ހިދުމަށްވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޮންސަލްޓެންޓުން ބައިތިއްބަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.