ދިރާގު

ދިރާގު މުވައްޒަފުންގެ ފުޓްސަލް މުބާރާތް ނިމިއްޖެ

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ 15 ވަނަ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ނިމިއްޖެ އެވެ.

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކާ ކަޕް ނުވަތަ "ޑެސްކަޕް" ވަރަށް ކުލަ މިދިޔަ ހުކުރު ދުވަހު ނިމިއްޖެ އެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ މި މަހުގެ 16 އިން 22 އަށެވެ.

މި މުބާރާތް ކުރިއަށްގެންދިޔައީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަ ލީގް، މެންސް ސުޕަ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

މިއަހަރުގެ މެންސް ޕްރިމިއަ ލީގު ފައިނަލުގައި "ވޯކަމޮލީސް" އަދި "ރޮކް ޔުނައިޓެޑް" ބައްދަލު ކުރި މެޗް 3-0 އަކުން ކާމިޔާބު ކޮށްފައިވަނީ "ވޯކަމޮލީސް" އެވެ. މެންސް ސުޕަ ލީގު ފައިނަލުގައި "އެނބުރިގޭސް ޔުނައިޓެޑް" އަދި "ނޭނގެ ނޭނގެ" ބައްދަލު ކުރި މެޗް 5-1 އަކުން ކާމިޔާބު ކޮށްފައިވަނީ "އެނބުރިގޭސް ޔުނައިޓެޑް" އެވެ. ވިމެންސް ފިއެސްޓަ ގެ ފައިނަލުގައި "ސޭލްސް ގަލްސް" އަދި "ސީއެސްސީ ފޯސް" ބައްދަލުކުރި މެޗް 2-1 އަކުން ކާމިޔާބު ކުރީ "ސޭލްސް ގަލްސް" އެވެ.

މީގެ އިތުރުން، ކޮންމެ ޑިވިޝަނަކުން ޓޮޕް ސްކޯރާ، ފެއަ ޕްލޭ ޓީމް، ބެސްޓް ޕްލޭޔަ އަދި ޑްރީމް ޓީމްސް ވަނީ ހޮވާފަ އެވެ. މި މުބާރާތުގައި ޖުމްލަ 26 ޓީމުން 360 ކުޅުންތެރިން ބައިވެރިވި އެވެ.