ވިޔަފާރި

އެމްއައިބީގެ ހިއްސާ އާންމުންނަށް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިއްސާގެ ބާޒާރުގައި އާންމުންނަށް ހިއްސާ ވިއްކާނެކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ބޭންކްގެ ހިއްސާދާރުންގެ މެދުގައި ސޮއިކޮށްފައި ވަނީ ކުރުބާ މޯލްޑިވްސް ރިސޯޓްގައި މިރޭ ބޭއްވި ހަފްލާއެއްގަ އެވެ.

ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) ގެ 70 ޕަސެންޓް އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އޮންނަ އިސްލާމިކް ބޭންކްގެ ހިއްސާ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމަށް މިއަދު ވަނީ އެ ބޭންކްގެ ހިއްސާ ދާރުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އެމްއައިބީގެ ހިއްސާ ލިސްޓް ކުރާނެކަން އިއުލާން ކުރި ނަމަވެސް، އެ ބޭންކުން ލިސްޓް ކުރާނެ ހިއްސާގެ މިންވަރާއި އޭގެ ތަފްސީލްތައް ހާމަކުރާނީ އަދި ފަހުން އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ނުވަ ކުންފުންޏެއް މިހާރު ލިސްޓުކޮށްފައިވެ އެވެ. އެ ކުންފުނިތަކަކީ އެމްޓީސީސީ އާއި ދިރާގު އަދި އުރީދޫގެ އިތުރުން ބީއެމްއެލް އާއި އެމްޓީޑީސީ އަދި އަމާނާ ތަކާފުލް އާއި އެޗްޑީއެފްސީ އަދި ސެންޗޫރިއަންސް އެވެ.