ވިޔަފާރި

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑިސްކައުންޓް

Mar 27, 2019

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ވިޔަފާރިތަކާއި ގޭ ބިސީތަކަށް އަގު ހެޔޮކޮށް ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ.

ދިރާގުގެ މި ޕްރޮމޯޝަންގައި "ފިކްސްޑް ބްރޯޑްބޭންޑް" ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓެއް ލިބެ އެވެ. ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ފެއާ ޔޫސޭޖު އެލަވަންސަށް ދިޔުމުން ސްޕީޑު އަވަސްކޮށްލުމަށް ޑޭޓާ ބޫސްޓަރެއް ލިބިގެންދާނެ އެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި ގޭގޭގައި ދިރާގު ބްރޯޑްބޭންޑް އިންޓަނެޓު ބޭނުންކުރާ ކަސްޓަމަރުންނަށް 3ޖީބީގެ ބޫސްޓަރެއް 15 ރުފިޔާ އަށް ލިބެ އެވެ. އަދި 8 ޖީބީ 37.5 ރުފިޔާ އަށް ލިބޭނެ އެވެ. އަދި 15ޖީބީ 65 ރުފިޔާ އަށް 30ޖީބީ 125 ރުފިޔާއަށް ލިބެ އެވެ. ޕްރޮމޯޝަންގައި 75ޖީބީ 300 ރުފިޔާ އަށް އަދި 100ޖީބީ 395 އަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު ބްރޯޑް ބޭންޑް ކަސްޓަމަރުންގެ ބޮޑު ބައެއް ވިޔަފާރިތައް ވެސް ހާއްސަވެ އެވެ. އެ ކުންފުނިން ވަނީ ވިޔަފާރިތަކަށް ވެސް މި ޕްރޮމޯޝަން ހާއްސަކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކަށް 15ޖީބީ 125 ރުފިޔާ އަށް ލިބެ އެވެ. އަދި 30ޖީބީ 200 ރުފިޔާ އަށް ލިބޭނެ އެވެ. މީގެ އިތުރުން 60 ޖީބީ 375 ރުފިޔާ އަށް ލިބިގެންދާއިރު، 115ޖީބީ 500 ރުފިޔާ އަށް ލިބެ އެވެ. އަދި އެ ކުންފުނިން ވިއްކާ 230ޖީބީގެ ޕެކޭޖު 750 ރުފިޔާ އަށް ލިބޭނެ އެވެ.