ހަބަރު

އެޗްއާރްސީއެމުން މާލޭ ޖަލުގެ ހާލަތު ބަލައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާއެކު މާލޭ ޖަލަށް ޒިޔާރަތްކޮށް ހާލަތު ބަލައިފި އެވެ.

އެ ކޮމިޝަނުން މާލޭ ޖަލުގެ ހާލަތު ބަލާފައިވަނީ، ބަންދުގައި ތިބޭ މީހުންނާމެދު އަމަލުކުރާ ގޮތާއި ޖަލުގެ ގައިދީންނާމެދު އަމަލު ކުރަމުންދާ ގޮތް ބެލުމުގެ ގޮތުންނެވެ.

އެޗްއާރްސީއެމް އިން ބުނީ މި ޒިޔާރަތުގައި ޖަލުގެ އާއްމު ހާލަތު ދެނެގަތުމުގެ ގޮތުން އަނިޔާވެރި ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލެއް ހިނގާތޯ ބަލައި ގައިދީންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ބެލި އިރު ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ދެނެގަނެ، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ވެސް ބެލި ކަމަށެވެ.

އެޗްއާރްސީއެމް އިން ޖަލުގެ ހާލަތު ބަލާފައިވަނީ، އެ ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ތަންފީޒު ނުވެ ގިނަ ދުވަސްވަމުން ދާތީ އެވެ.