ބޭރު ކުޅިވަރު

ޔުނައިޓެޑަކަށް ނުދާނަން: ހުމެލްސް

Jul 9, 2015

މެންޗެސްޓާ ޔުނައިޓެޑުން ގެންދަން  ކިތަންމެ ބޭނުންވި ނަމަވެސް ކުލަބު ބަދަލު ނުކުރާނެ ކަމަށް ބޮރޫޝިޔާ ޑޯޓްމުންޑްގެ ޖަރުމަނު ޑިފެންޑަރު މެސުޓް ހުމެލްސް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރަކީ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިއެކެވެ.

"ހަމަޔަގީން ބޮޑު ކުލަބަކުން ޝައުގުވެރިވުމުން، މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއްކުލަބު. އެމީހުން [އަހަރެން ބޭނުންވުމަކީ] ބޮޑު ޝަރަފެއް،" ހުމެލްސް ބުންޏެވެ. "އެކަމަކު އަހަރެން ނިންމައިފިން މި އަހަރު ކުލަބު ބަދަލު ނުކުރަން. އަހަރެން ނިންމައިފިން މި ކުލަބުގައި މަޑުކުރަން."

ހުމެލްސް ޑޯޓްމުންޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ހުސްވި އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ހުމެލްސް ވަނީ 2009 ވަނަ އަހަރު ބަޔާން މިއުނިކުން ޑޯޓްމުންޑަށް ބަދަލުވުމަށްފަހު މޮޅު ކުޅުމެއް ދައްކައިފަ އެވެ.