ހަބަރު

ވިހެއުމުން ދޭ ހަމަހުގެ ޗުއްޓީ ކައުންސިލަރުންނަށް ދެނީ

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ކައުންސިލަރުންނަށް ދޭން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭ އިން ބުނި ގޮތުގައި، ވިހެއުމާ ގުޅިގެން އަންހެން ކައުންސިލަރުންނަށް ދޭ މެޓާނިޓީ ލީވް ހަ މަހަށް އިތުރުކޮށްދީފި އެވެ. އަދި ދަރިއަކު ލިބުމން ފިރިހެން މުވައްޒަފުންނަށް އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމާފައިވާ ކަމަށެވެ.

އަންހެނުން ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންު މުއައްޒިފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖައްސައިދީފަ އެވެ. އަދި، ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައިންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އެގޮތަށް އިއުލާންކޮށް އަމަލު ކުރަން ފެއްޓެވުމުން ބައެއް މިނިވަން މުވައްސަސާތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަނީ މި ނިންމެވުމަށް އަމަލުކުރަން ފަށާފަ އެވެ.