ބޭރު ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮރޭސް އެނބުރި އެތުލެޓިކޯ އަށް

މެޑްރިޑް (ޑިސެމްބަރު 30) – ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަަލަށް އޭސީ މިލާންގެ ސްޕެއިން ފޯވަަޑް ފެނާންޑޯ ޓޮރޭސް އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

ލިވަޕޫލް ދޫކޮށް ޓޮރޭސް ޗެލްސީ އަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އޭރު އިނގިރޭސިވިލާތުގެ ރެކޯޑް ޓްރާންސްފާ ފީއަކަށެވެ.

ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮރޭސް މިލާނަށް ބަދަލުވީ މި ސީޒަންގަ އެވެ. އެކަމަކު ޗެލްސީން ވަނީ ފަހުން ޓޮރޭސް މިލާނަށް ދޫކޮށްލައިފަ އެވެ.

ޗެލްސީގައި ޓޮރޭސްގެ ފަރާތުން އުންމީދުކުރި ވަރުގެ ކުޅުމެއް ނުފެނުނު ނަމަވެސް، އެ ކްލަބާއެކު ޓޮރޭސް ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. -- ބީބީސީ