ވިޔަފާރި

"ކުއިކް ސްޓެޕް" ފްލޯރިންގެ ޕްރޮމޯޝަނެއް ފަށައިފި

Mar 31, 2019

ޔޫރަޕުގައި މަޝްހޫރު ކުއިކް ސްޓެޕް ފްލޯރިން ވިއްކަން ހުޅުވާފައިވާ، ރާއްޖޭގެ ފިހާރައިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކުއިކް ސްޓެޕް ފްލޯރިން ވިއްކަން ހުޅުވާފައިވާ، ޔޫރޯ މާކެޓިންގެ ސިސްޓަ ކުންފުންޏެއް ކަމަށްވާ އެސެންޝިއާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަން އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. މި މުއްދަތުގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ކެފެއާ ކުރި މަތިން ހ. ފާލަން ދޮށުގޭގައި ހުޅުވާފައިވާ އެސެންޝިއާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި "ކުއިކް ސްޓެޕް" ފްލޯރިން ހުޅުވާފައިވަނީ ރާއްޖެ އަށް ޔޫރަޕުގެ މޮޅު ޕްރޮޑަކްޓެއް ގެނެސްދިނުމަށެވެ.

އެސެންޝިއާ ކުންފުނިން ބުނި ގޮތުގައި ކުއިކް ސްޓެޕްގެ ފްލޯރިން ގަންނަ ފަރާތްތަކަށް، ބޭނުންވާ ފުލް ސާވިސް ދޭނެ ކަމަށެވެ. މިގޮތުން މި ފްލޯރިން ޖަހަން ބޭނުންވާ ތަނުގެ މިން ނަގައި ދިނުމާއި ހަރުކޮށް ދިނުމުގެ ހިދުމަތް ވެސް ހިމެނެ އެވެ. މި ފިހާރަ އިން ކުއިކް ސްޓެޕްގެ ފްލޯރިންގެ އިތުރުން ވިލަރާން ބޮހް ބްރޭންޑުގެ ފާހާނާ ފިޓިން ވެސް އެ ތަނުން ލިބެ އެވެ. ޖަރުމަނުގެ މި ކުންފުންޏަށް ދެ ގަރުނު ވެއްޖެ އެވެ. މި ޕްރޮޑަކްޓް މިހާރު ރިސޯޓުތަކާއި ބައެއް އިމާރާތްތަކުގައި ވެސް ބޭނުންކުރެ އެވެ.