ވިޔަފާރި

ކަލަ ބޭންކާއި އޭސް ހާޑްވެއާ ރޯދަ ޕްރޮމޯޝަންގައި ކޮންމެ 10 ދުވަހަކުން ސައިކަލެއް

އޭސް ހާޑްވެއާ އާއި ކަލަ ބޭންކް ގުޅިގެން "އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި ރޯދަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ގުރުއަތުން ދިމާވާ ނަސީބު ވެރިޔަކަށް ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ. ގުރުއަތަށް ދާނީ 300 ރުފިޔާއިން މަތިން ވިޔަފާރި ކޮށްގެނެވެ.

ކަލަ ބޭންކާއި އޭސް ހާޑްވެއާގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ކަލަބޭކުން ވިޔަފާރި ކޮށްގެން ކަސްޓަމަރުންނަށް ހިލޭ ކުލަ ވެސް ދެ އެވެ.

އޭސް ހާޑްވެއާއިން ބުނީ ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭ މި ޕްރޮމޯޝަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމަށާއި މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓް ހިމަނާފައިވާނެ ކަމަށެވެ.

މި ޕްރޮމޯޝަމް ސޯޝަލް މީޑިއާގައި ވެސް ކުރިޔަށް ގެންދެ އެވެ. އެ ގޮތުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި "ލައިކް އެޑް ކޮމެންޓް" ގެ ނަމުގައި ކުރިޔަށްދާ ކޮންޓެސްޓް ކާމިޔާބު ކުރުމުން މެލޭޝިއާގެ ދެކޮޅު ޓިކެޓް ދެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައިވާ "ލައިކް އެޑް ކޮމެންޓް" ކޮންޓެސްޓް ކާމިޔާބު ކުރުމުން ދެ މީހަކަށް ރިސޯޓު ދަތުރެއް ދެއެވެ.

މީގެ އިތުރުން ވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް "މީކޯޗެއް" ގެ ނަމުގައި ކޮންޓެސްޓެއް ހިނގާނެ ކަމަށާއި، ކޮންމެ ހަފުތާޔަކު ގުރުއަތުން ދިމާވާ ފަރާތަކަށް ދެ މީހުންގެ ރޯދަވީލުމެއް ލިބިގެންދާނެ ކަމަށެވެ.