ވިޔަފާރި

އުރީދޫ އިން ރާއްޖޭގައި އެޗްޑީ ވޮއިސްގެ ހިދުމަތް ފަށައިފި

Apr 2, 2019

ފޯނު ކޯލުގެ އަޑު ސާފުވުމާއި ކޯލް ގުޅުން އަވަސްވުން ފަދަ ގިނަ ހިދުމަތްތަކެއް ހިމެނޭ، "އެޗްޑީ ވޮއިސް" ގެ ހިދުމަތް އުރީދޫން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ ޑިޖިޓަލް ރާއްޖެއަކަށް ހިދުމަތް ބަދަލު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި އެޗްޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. ތައާރަފު ކުރީ "ވޮއިސް އޮވާ އެލްޓީއީ" ނުވަތަ "ވީއޯއެލްޓީއީ" ގެ ހިދުމަތެވެ.

އެޗްޑީ ވޮއިސް އިން

ކުރީއްސުރެ މުއާސަލާތީ ކުންފުނި ތަކުން ބޭނުންކުރަމުން އައި ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުން ކޮށްގެން ގުޅައިދޭ އެޗްޑީ ވޮއިސްގެ ފެންވަރު ރަނގަޅުވެފައި ކަސްޓަމަރުންނަށް ފައިދާތަކެއް ލިބެ އެވެ.

  • 4ޖީ+ ނެޓްވޯކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފުކަމަށް ބަދަލުތަކެއް
  • ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ސިކުންތުކޮޅެއް ތެރޭ ކޯލް ކަނެކްޓުވުން
  • ފޯނުކޯލެއްގެ މެދުތެރޭގައިވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވުން
  • ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗްޑީވޮއިސް ބޭނުންކުރަން ބޭނުންވާ ޗާޖު މަދުވުމާއެކު، ބެޓަރީ ލައިފް އިތުރުވުން

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ރާއްޖޭގައި އުރީދޫގެ ހިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އައު ހިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އިސްކަން ދޭ ކަމަށެވެ.

"ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ވަނީ ހާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައި. މިއަދު ރާއްޖެއަށް މި ތައާރަފްކުރި އެޗްޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ. އަޅުގަނޑުގެ އުއްމީދަކީ، މި ހިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ އިން އެޗްޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވޯކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް، ވީއޯއެލްޓީއީގެ ހިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗްޑީ ވޮއިސް ބޭނުން ކުރެވޭނެ އެވެ.