ވިޔަފާރި

ދިރާގު ޓީވީން އާ ޕެކޭޖުތަކެއް

Apr 2, 2019
6

ބަލާނީ ކޮން ޓީވީ އެއް ހެއްޔެވެ؟ ނަގަންވީ ކޮން ހިދުމަތެއް ހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުން ކަމުދަނީ ދިރާގު ޓީވީގެ ހިދުމަތެވެ. ސަބަބަކީ ހިދުމަތް އަގު ހެޔޮވެފައި، ރަނގަޅު ޗެނަލްތައް ވެސް ގިނަވީ އެވެ. ދިރާގުން މިވަނީ ޓީވީގެ ޕެކޭޖުތައް އަނެއްކާ ވެސް ގިނަ ކޮށްލާފަ އެވެ. ހާއްސަ ޕެކޭޖު ތަކެއް ގެނެސްފީދަ އެވެ. ދިރާގު ޓީވީގެ ހިދުމަތް އިތުރަށް ޝައުގުވެރި ކޮށްލާފަ އެވެ.

"ދިރާގު ޓީވީ" އިން މިހާރު ތައާރަފު ކުރި ޕެކޭޖުތަކާއެކު "ބޭސިކް ޕެކޭޖު" ން 60 ޗެނަލް ލިބޭނެ އެވެ. މީގެތެރޭގައި މަންޒަރު ކޮލިޓީ އެންމެ ސާފުކޮށް ފެންނަ 20 އެޗުޑީ ޗެނަލްގެ އިތުރުން 4ކޭ ޗެނަލްތައް ހިމެނެ އެވެ. މި ޕެކޭޖުގެ އަގަކީ 300 ރުފިޔާ އެވެ.

ދިރާގު ޓީވީ ބަލާ މީހުންނަށް އަދި މިވަރުން ނިމުނީއެއް ވެސް ނޫނެވެ. މިހާރު ހުރި ޕެކޭޖުތަކުގެ އިތުރުން ބޭނުންވާ ބައެއް ޕެކޭޖުތައް ހާއްސަ އަގެއްގައި ނެގުމުގެ ފުރުސަތު ވެސް މިވަނީ ފަހިކޮށްދީފަ އެވެ. އެކަމަށް ހާއްސަ "އެޑްއޯން" ޕެކޭޖުތަކެއް ވެސް މިވަނީ ގެނެސްދީފަ އެވެ. މިގޮތުން "އެކްސައިޓްމެންޓް" އަދި "ފަން" ގެ ނަމުގައި ދެ އެޑްއޯން މިވަނީ ތައާރަފުކޮށްފަ އެވެ. މިގޮތުން އެކްސައިޓްމަންޓު ޕެކޭޖުގައި 22 ޗެނަލް ހިމެނެ އެވެ. މި ޕެކޭޖުގެ އަގަކީ 120 ރ. އެވެ. އަދި "ފަން" ޕެކޭޖުގައި 10 ޗެނަލް ހިމެނެ އެވެ. މީގެ އަގަކީ އެންމެ 99 ރުފިޔާ އެވެ. އަޅެ، އެކްސައިޓެއްނުވޭ ހެއްޔެވެ؟

ދިރާގު ޓީވީ މިހާރު ރާއްޖޭގެ 50 އަށްވުރެ ގިނަ ރަށަށް ލިބެ އެވެ. މި ޓީވީ ހާއްސަވެފައިވަނީ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ހާއްސަ ޗެނަލްތައް ވެސް ހުންނާތީ އެވެ. ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަ ޗެނަލްތަކާއި ލައިފް އިސްޓައިލް އަދި ކުޅިވަރު ގިނަ ޗެނަލްތަކެއް ހުރުމުންނެވެ.