ދިރާގު

ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތުގެ ޕްރޮމޯޝަނެއް ފަށައިފި

Apr 2, 2019

ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައި ދިނުމުގެ އިތުރުން ހަ މަސް ދުވަސް ވަންދެން 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ 30 އޭޕްރީލްގެ ނިޔަލަށެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެކުލެވިގެންވާ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ވެސް ދިރާގުންނެވެ. ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.