ވިޔަފާރި

ވޯޓު ނަގާތީ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދުވާނެ

Apr 4, 2019

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނާތީ، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ބަންދު ކުރަން ނިންމައިފި އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިމަހުގެ ހައެއްވާ ހޮނިހިރު ދުވަހަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނަ ދުވަސް ކަމަށްވާތީ، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަލް ޓާމިން ބަންދު ވާނެ ކަމަށެވެ. އަދި ބަނދަރު އަލުން ހުޅުވާނީ އާދިއްތަ ދުވަހުގެ ހެނދުނު 7.30 އިން ފެށިގެން ކަމަށް ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ މަޖިލިސް އިންތިހާބުގައި 380 އެނޑިޑޭޓުން ވާދަކުރާނެ އެވެ. ހޮނިހިރު ދުވަހު ވޯޓު ލުން ރާއްޖޭގައި އޮންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންޑިއާގައި ވޯޓްލުން އޮންނާނީ އެތަނުގެ ގަޑިން 8:30 އިން 4:30 އަށް ކަމަށެވެ. ސްރީލަންކާގައިވެސް ކުރިއަށްދާތީ އެތަނުގެ ގަޑިން 8:30 އިން 4:30 އަށެވެ. މެލޭޝިއާގައި ވޯޓް ލުން ކުރިއަށްދާނީ މެލޭ ގަޑިން ހެނދުނު 11:00 އިން ރޭގަނޑ 7:00 އަށެވެ. އަދި ލަންޑަންގައި ވޯޓްލުން ކުރިއަށްދާނީ ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ.