ބޭރު ކުޅިވަރު

މާސެލޯ ރެއާލްގެ ކޮންޓްރެކްޓް އާކޮށްފި

Jul 11, 2015

ބްރެޒިލްގެ ވާތުބެކް މާސެލޯނާ ރެއާލް މެޑްރިޑުގެ ކޮންޓްރެކްޓް 2020 އަހަރާ ހަމައަށް އާކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ އަކީ މިވަގުތު ރެއާލްގައި ތިބި ކުޅުންތެރިންގެ ތެރެއިން ތިން ވަނަ އަށް ކުލަބުގައި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ އެވެ. އޭނާ އަށްވުރެ ކުލަބުގައި ދޮށީ ދެ ކުޅުންތެރިންނަކީ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔާސް އާއި ވައިސް ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މި ދެ ކުޅުންތެރިން މިހާރުތިބީ ކުލަބު ދޫކޮށް ދިއުމުގެ މަގުމަތީގަ އެވެ.