ވިޔަފާރި

އަނެއްކާ ވެސް ރާއްޖެއަށް އެވޯޑެއް، މިފަހަރު ބެސްޓް އައިލެންޑް އެވޯޑު

Jul 11, 2015

ޓެރެވަލް ލެޝަ- މެގަޒިނުން ހޮވާ "ވޯލްޑް ބެސްޓް އައިލެންޑް" އެވޯޑުގެ ތިންވަނަ މަގާމު ރާއްޖެއަށް ލިބިއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއް ހިމަނައިގެން ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓެރެވަލް މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބިނާކޮށް ދީފައިވާ "ވޯލްޑް ވެސްޓް އައިލެންޑް" އެވޯޑު ލިސްޓުގައި 10 މަންޒިލެއް ހިމެނިފައިވާއިރު، މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ އިކުއެޑޯގެ އައިލެންޑް ޖަޒީރާއެއް ކަމަށްވާ ގަލާޕާގޯސް އައިލެންޑަށެވެ. މި މަޖައްލާގެ ކިޔުންތެރިން ގަލާޕާގޯސް އައިލެންޑަށް 90.32 ޕަސެންޓް ދީފައިވާއިރު، ދެވަނަ ލިބިފައިވާ އިންޑޮނޭޝިޔާގެ ބާލީއަށް ލިބިފައިވަނީ 88.98 ޕަސެންޓެވެ. އަދި ރާއްޖެއަށް ތިންވަނަ ލިބިފައިވަނީ 88.53 ޕަސެންޓާ އެކުގަ އެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތުރުން އޮސްޓޭލިޔާ އާއި ހަވާއީ އަދި ފްރާންސުގެ ޖަޒީރާ ރަށްތައް ވެސް ހިމެނިފައިވެ އެވެ.

ދުނިޔޭގައި އެންމެ މަޝްހޫރު އެއް ޓޫރިޒަމް މަންޒިލް ކަމަށްވާ ރާއްޖެއަށް މީގެކުރިން ވެސް މިފަދަ ގިނަ ވަނަ ތަނެއް ލިބިފައިވެ އެވެ. އެންމެ ފަހުން ރާއްޖެއަށް ގިނަ އެވޯޑުތަކެއް ލިބުނީ ވޯލްޑް ޓްރެވަލް އެވޯޑުގަ އެވެ.