ދުނިޔެ

ޖޫލިއަން އަސާންޖް ހައްޔަރުކޮށްފި

Apr 11, 2019

އިންޓަނެޓް އެކްޓިވިސްޓް، ވިކިލީކްސްގެ ވެރިޔާ ޖޫލިއާން އަސާންޖް ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ އިނގިރޭސި ވިލާތުގައި ހުންނަ އިކްއަޑޯގެ އެންބަސީގެ ހިމާޔަތް ހޯދައިގެން ހުންނަތާ ހަތް އަހަރު ފަހު ފަހުންނެވެ. މިއަދ އަސާންޖް ހައްޔަރުކުރީ އިކްއެޑޯ އިން އޭނާއަށް ދީފައި އޮތް ސިޔާސީ ހިމާޔަތް ގެންދިއުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޫލިއަން އަސާންޖް ހައްޔަރުކުރީ ވެސްޓްމިންސްޓާ މެޖިސްޓްރޭޓްސް ކޯޓުން 2012 ވަނަ އަހަރު ނެރެފައިވާ އަމުރުގެ ދަށުންނެވެ. އަސާންޖް ހައްޔަރު ކުރުމަށްފަހު މިހާރު ބަހައްޓާފައ ވަނީ ލަންޑަންގެ ޕޮލިސް ސްޓޭޝަނެއްގަ އެވެ. މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުކުރެވެންދެން އެތާނގައި އަސާންޖް ބަހައްޓާނެ އެވެ.

ވިކިލީކްސްއިން ވަނީ ދުނިޔޭގެ އެތައް ގައުމަކާ ގުޅުން ހުރި ގިނަ ސިއްރު ލިޔުންތަކެއް ލީކުކޮފަ އެވެ. އަސާންޖެ ވިކިލީކްސް އުފެއްދީ އޮކްޓޯބަރު 4، 2012 ގައެވެ.