އެމްޑަބްލިއުއެސްސީ

ވަގުތަށް ހިދުމަތް ނުލިބޭނަމަ އަންގަން ފެން ކުންފުނިން އެދިއްޖެ

Apr 11, 2019
3

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔޫއެސްސީ އެއްވެސް ހިދުމަތެއް ކަނޑައަޅާފައިވާ ވަގުތަށް ނުލިބި ލަސްވާނަމަ ކަސްޓަމާކެއާ ނަމްބަރު "105" އަށް ގުޅައި އެކަން އަންގަން ފެން ކުންފުނިން އިލްތިމާސްކޮށްފި އެވެ.

ފެން ކުންފުނިން ބުނީ އެއީ 24 ގަޑިއިރު ގުޅޭނެ ނަމްބަރެއް ކަމަށާއި މި ގޮތަށް ނިންމީ ކައްޓަމަރުންނަށް ދޭ ހިދުމަތުގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް އިމަޖެންސީ ހާލަތުގައި 24 ގަޑިއިރުގެ ހިދުމަތް ދިނުން ކަމަށެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަ ހިދުމަތް ދިނުމަކީ ކުންފުނީގެ އަމާޒު ކަމެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މީގެ ދެ ހަފުތާ ކުރިން ވިދާޅުވީ އޭނާ އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމުގެ މަގާމާ ހަވަލުވެ ވަޑައިގެންނެވި ފަހުން އެ ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކުގެ 90 ޕަސަންޓުގެ ޝަކުވާ މިހާރު މަދުވެފައިވާ ކަމަށެވެ.