ވިޔަފާރި

މާދަމާ ކަލާ ބޭންކުން ހިލޭ ކުލަ ބަހަނީ

Apr 11, 2019
2

ކަލާ ބޭންކުން ހިލޭ ކުލަ ދޭ އިވެންޓެއް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ކުލަޔަށް ހާއްސަ މި އިވެންގައި ކަލާ ބޭންކްއިން ވިއްކާ ތަފާތު ކުލަ ދަށްކާލުމުގެ އިތުރުން ކުލަ ބޭނުން ކޮށްގެން ތަފާތު މުބާރާތްތަކެއް ކުރިޔަށްދާނެ އެވެ. މީގެ އިތުރުން ވެސް އިވެންޓްގައި ބައިވެރިވާ އާންމު ފަރާތްތަކަށް ހިލޭ ކުލަ ދޭނެ އެވެ. އަގުހުރި އިނާމް ތަކަކާއެކު ބާއްވާ މި އިވެންޓަކީ އާންމުންނަށް ހުޅުވާލެވިފައިވާ އިވެންޓެކެވެ.

މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކަށް ކުލަލުމަށް އެންމެ އެކަށީގެންވާ ޒަމާނީ ގޮތްތައް ބުނެދޭން ހާއްސަ އިންޓީރިއާ ޑިޒައިނަރެއް ކަމަށްވާ ފާތުމަތު ތައިމާ ވެސް ބައިވެރިވާނެއެވެ. މި އިވެންޓް ކުރިޔަށްދާނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދު- އޭ ޒޯން ގައި ހަވީރު 4:00 ން 6:00 އަަށެވެ.

މިއީ "އެނމެންގެ ރޯދަ ސޭލް"ގެ ނަމުގައި އޭސް ހާޑްވެެއާ އަދި ކަލާ ބޭންކްގައި ކުރިޔަށްދާ ރޯދަ ޕްރޮމޯޝަން އާ ގުޅިގެން ބާއްވާ އިވެންޓެކެވެ. މި ޕްރޮމޯޝަން ގައި އޭސްހާޑްވެެއާ އަދި ކަލާ ބެކްއިން 300 ރުފިޔާއިން މަތިން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބު ވެރިފަރާތަކަށް ކޮންމެ ދިހަ ދުވަހަކުން ސައިކަލެއް ދޭނެ އެވެ.