ހަބަރު

ތުތިބޯވާ ދިލަމަހުގެ މަސްވެރިކަމުގެ އާލާތަށް އެދެން ހުޅުވާލައިފި

Apr 12, 2019

ރާއްޖޭގައި ޑައިމަންޑް ބްލެކް ސްކްއިޑް. ނުވަތަ ތުތިބޯވާ ދިލަމަހުގެ މަސްވެރިކަން ތައާރަފު ކުރަން އެ މަސްްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އާލާތް ފޯރުކޮށް ދޭ ޕްރޮގްރާމް އަނެއްކާވެސް ހުޅުވާލައިފި އެވެ.

ޑައިމަންޑް ބްލެކް ސްއިކްޑަކީ މާ ކަނޑުގެ ވަރަށް ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ބޯވާ ދިލަ މަހުގެ ސައިޒުން ބޮޑެތި ބާވަތެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުގެ މުއްސަނދިކަން ފުރިހަމައަށް ބޭނުން ކުރުމުގެ ގޮތުން ތުތިބޯވަ ދިލަމަހުގެ މަސްވެރިކަން ފުޅާ ކުރަން ބޭނުންވާ ކަމަށެވެ. އަދި ބުނީ އެ މަސްވެރި ކަމަށް ބޭނުންވާ އާލާތް ފޯރުކޮށާް ދިނުމަށް ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުގައި ކޮންމެ ދުވަހަކުވެސް އެ ތަކެތި ބެލޭ ގޮތަށް އިންތިޒާމެއް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

މި މަސްވަރި ކަމަށް ބޭނުން ކުރާ އާލާތް ދިގު މުއްދަތުން އަގު އަދާ ކުރާ ގޮތަށް އެދޭ ފޯމާ އުސޫލް މިނިސްޓްރީން ލިބޭނެ އެވެ. މި ފުރުސަތު އޮތީ މި މަހުގެ 15 އާ ހަމައަށެވެ.