ވިޔަފާރި

އެސްޓީއޯ އިން 135 ބޭސް ފިހާރަ ހުޅުވައިފި

Jul 12, 2015
1

ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމަށް އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން 135 ވަނަ ބޭސް ފިހާރަ ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ދެ ރަށެއްގައި ފާމަސީއެއް ހުޅުވި ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ބޭސް ފިހާރަ ހުޅުވާފައިވަނީ ވ. ރަކީދޫ އާއި ގއ. ނަޑެއްލާގަ އެވެ.

އެސްޓީއޯ އިން ބުނީ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތާއި ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯ އިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.