މޯލްޑިވްސް ޕޮލިސް ސާވިސް

ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވި ފުލުހަށް ފިޔަވަޅު އަޅައިފި

ސައިކަލުގެ ވަށިގަނޑަށް ކުޑަ ކުއްޖަކު ލައިގެން މާލޭގެ ރިންގް ރޯޑްގައި ދުއްވި ފުލުސް މީހާއަށް ފިޔަވަޅު އަޅައި އޭނާގެ ލައިސަންސް ހިފައްޓައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި މަހު ދެވަނަ ދުވަހު ކުޑަ ކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން ރިންގް ރޯޑްގައި ދުއްވި ފުލުސް މީހާއާމެދު ފިޅަވަޅު އަޅައި ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުމުން، އެ ސައިކަލް ދުއްވި ފުލުސް މީހާގެ ލައިސަންސް އެއް އަހަރު ދުވަހަށް ހިފަހައްޓައިފައިވާ ކަމަށެވެ.

ކުރިން ފުލުހުން ބުނެފައި ވަނީ ސައިކަލު ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައި ދިޔައީ ފުލުހެއްކަން ޔަގީންވެފައިވާ ކަމަށާއި އޭނާގެ ލައިސަންސް ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށެވެ.

ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް ފުލުހަކު އަމަލު ކުރި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޑިޕާޓްމަންޓުން ވެސް ގެންދަނީ ބަލަމުންނެވެ.

ފުލުހުންގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިތުރު ދެ މީހަކާއި މެދުވެސް ފިޔަވަޅު އަޅައިިދޭން ޓްރާންސްޕޯޓުގައި އެދުމުން އެ ދެފަރާތަތުގެ ލައިސަން ވެސް ހިފައްޓާފައިވާ ކަމަށެވެ. ހިފހައްޓައިފައިވަނީ މިއަދު ފެބްރުއަރީ 17 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ ލައިސަންސާއި މާޗު 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓެއްގައި ވޭން ދުއްވަން އިން ޑްރައިވަރުގެ ލައިސަންސެވެ. ދެ މީހުންގެ ލައިސަންސް ވެސް ހިފަހައްޓައިފައި ވަނީ ދެ އަހަރެށެވެ.