ވިޔަފާރި

މޯލްޑިވިއަން އިން ޗެންނާއީ ޓިކެޓް ލިބޭ ކުއިޒެއް ފަށައިފި

Apr 15, 2019
1

މޯލްޑިވިއަން އިން ޗެންނާއީ ދެކޮޅު ޓިކެޓް ލިބޭ ކުއިޒެއް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި މި ކުއިޒް ކުރިއަށްދާނީ ޓްވިޓާ އާއި ފޭސްބުކްގަ އެވެ. ކުއިޒުން އެއްވަނަ އަށްދާ ފަރާތަކަށް އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށެވެ. އެއްވަނަ ލިބޭނީ އެންމެ ގިނަ ސުވާލުތަކަށް ޖަވާބުދޭ ފަރާތަކަށެވެ. މި ކުއިޒު ހަފުތާއެއް ވަންދެން ކުރިއަށްދާނެ އެވެ.

އެ ކުންފުނިން ބުނީ މި ކުއިޒުގައި ސުވާލުތަށް ހުންނާނީ މޯލްޑިވިއަން އާއި މި އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންގެ 19 އަހަރުގެ ތާރީހުގެ މައްޗަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަނީ ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލްތަކާއި އިންޑިއާ އަދި ޗައިނާގެ އިތުރުން ބަންގްލަދޭޝަން އާއި ތައިލެންޑަށް ވެސް ދަތުރު ކުރަމުންނެވެ.