ވިޔަފާރި

އަމާނާ ތަކާފުލް އޭޖީއެމް މިމަހުގެ 28 ގައި

އަމާނާ ތަކާފުލްގެ އަހަރީ އާއްމު ޖަލްސާ ނުވަތަ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިިފި އެވެ.

އަމާނާ ތަކާފުލް އިން ބުނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި އެ އަހަރު ކުންފުނީގެ މަސައްކަތް ހިންގާފައިވާ ގޮތާބެހޭ ގޮތުން ޑިރެކްޓަރުގެ ބޯޑުން އެކުލަވާލާފައިވާ ރިޕޯޓް ހުށަހަޅައި ފާސް ކުރުން އޮންނާނެ ކަމަށެވެ.

އިތުރަށް ބުނީ އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑަށް ހަވާފައިވާ ޑރ. އަބްދުﷲ ޝިހާމް ހަސަން ކުންފުނީގެ ހިންގާ ގަވާއިދުގެ 61 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާ ދައުރަކަށް ހޮވުން އޮންނާނެ ކަމަށެވެ.

ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ހިދުމަތްދޭ އަމާނާ ތަކާފުލް އިން ހިފަހައްޓާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރު ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުންފުނި 2011 ވަނަ އަހަރު ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރި ފަހުން ހިދުމަތް ހޯއްދާ ފަރާތްތަކަށް ސާޕްލަސް އަދި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ ދެއެވެ.